އޮސްޓްރޭލިއާގެ އައްސޭރިފަށުން ދަތުރުކުރި ބޮޑުމަސް މަރުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު އޮސްޓްރޭލިއާގެ ރޮކިންހަމްގެ އައްސޭރިފަށާ ދާދި ކައިރިން ދަތުރުކުރި ބޮޑު މަހަކާ އެކީ އެ ސަރަހައްދުގައި މޫދަށް އެރި އުޅުނު ގިނަބަޔަކު ވަނީ ފަތައި ފޮޓޯ ނަގައިފައެވެ.
އޮސްޓްރޭލިއާގެ ވައިލްޑް ލައިފް އޮފިޝަލުން ވަނީ އެ ބޮޑުމަހަށް އައްސޭރި ފަށުގެ ތިލަ ސަރަހައްދަކަށް ވަދެވުމާއެކު އެމަސް ފުން ސަރަހައްދަކަށް ދަތުރުކުރުމަށް އެހީތެރިކަން ދޭން ފަށާފައެވެ.
ވައިލްޑް ލައިފް އޮފިޝަލުން ދެދުވަސް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެގެން ދިޔައީ އެ ބޮޑުމަސް ސޭންޑް ބޭންކެއް ކައިރިޔަށް ބީހި ތާށިވުމުންނެވެ. ބޮޑުމަސް ތާށިވުމާއެކު އެއަށް ލިބިފައި ހުރި އަނިޔާތަކާއި ހޫނުގެ އަސަރުގެ ސަބަބުން އެމަސް ވަނީ މަރުވެފައެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު އަންނަނީ އެމަސް އެސަރަހައްދުން ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލުން ބުނެއެވެ. އޮފިޝަލުން ވަނީ އެމަސް އަވަހަށް ނުނަގައިފިނަމަ އެ ސަރަހައްދަށް މިޔަރު ގިނަވެ އެކަމުގެ ނުރައްކާ އެ ސަރަހައްދުގައި އުޅޭ އާންމުންނަށް ކުރާނެކަމުގެ ބިރު އޮތްކަމަށްވެސް ބުނެފައެވެ.
ދިގުމިނުގައި 49 ފޫޓު ހުރި އެބޮޑުމަސް ނެގުމުގެ މަސައްކަތް ކުރުމަށް އޮސްޓްރޭލިއާގެ ރޮކިންހަމްގެ ބީޗު ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ