ރާއްޖެއާއި ދެކުނު އެފްރިކާގެ ގައުމެއް ކަމުގައިވާ ބޮޓްސްވާނާއާ ދެމެދު ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން (ސިޔާސީ ގުޅުން) ގާއިމުކޮށްފިއެވެ.
ނިއުޔޯކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއާއި ބޮޓްސްވާނާ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވުޒާރާގެ ސެކްރެޓްރީ، ބައިލެޓެރަލް، ހާލާ ހަމީދެވެ. އަދި ބޮޓްސްވާނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. ލެމޯހަންގް ކްވާޕޭއެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއާއި ބޮޓްސްވާނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުމުން، އެއް މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއް ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ދެ ގައުމުން އިތުރަށް އެއްބާރުލުން ދިނުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ޕްރޯ މޯލްޑިވްސް ހާރިޖީ ސިޔާސަތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ސިޔާދަތަށް އިހުތިރާމުކުރާ ކޮންމެ ގައުމަކާއެކުގައި ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު