އަތޮޅުތެރޭގެ 29 ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އިސް މެޖިސްޓްރޭޓުންގެ މުސާރައަކީ 21،000 ރުފިޔާ ކަމަށެވެ. އަދި މެޖިސްޓްރޭޓް ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެން ޖެހޭނެ ކަމަށް ބުންޏެވެ.
- - ހއ.ކެލާ މެޖިސްޓްރޭޓް ކޯޓް
- - ހއ.ބާރަށް މެޖިސްޓްރޭޓް ކޯޓް
- - ހއ.މާރަންދޫ މެޖިސްޓްރޭޓް ކޯޓް
- - ހދ.ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓް
- - ހދ.ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
- - ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް
- - ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓް
- - ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓް
- - ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓް
- - ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
- - ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
- - ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓް
- - ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
- - އއ.ހިމަންދޫ މެޖިސްޓްރޭޓް ކޯޓް
- - އއ.މާޅޮސް މެޖިސްޓްރޭޓް ކޯޓް
- - އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓް
- - އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓް
- - ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓް
- - ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓް
- - ފ.ފީއަލީ މެޖިސްޓްރޭޓް ކޯޓް
- - ދ.މީދޫ މެޖިސްޓްރޭޓް ކޯޓް
- - ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓް
- - ލ.މާވަށު މެޖިސްޓްރޭޓް ކޯޓް
- - ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓް
- - ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓް
- - ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
- - ގދ.ނަޑައްލާ މެޖިސްޓްރޭޓް ކޯޓް
- - ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓް
- - ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓް.
ޖުޑީޝަލް ދާއިރާ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާ މީހުން ނެގުމުގައި އަމަލުކުރަނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު