ސިއްހީ ހިދުމަތުން ދުރުވެފައިވާ ހިދުމަތްތެރިން އަނބުރާ އެ ހިދުމަތަށް ނެރެން ހާއްސަ ދިރާސާއެއް ކުރަން ނިންމައިފިއެވެ.
ހެލްތް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެކިއެކި ސަބަބުތަކަށްޓަކައި ސިއްހީ ހިދުމަތުން ދުރުވެފައިވާ ހިދުމަތްތެރިން އަލުން އެ ހިދުމަތަށް އަނބުރާ ނެރުމަށް މަގު ހޯދަދިނުމަށް އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދިރާސާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މި މަހުގެ 19 ވަނަ ދުވަހުގެ 14:00ގެ ކުރިން އެ މިނިސްޓްރީގެ ވެބްސައިޓަށް މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ. އަދި އެކަމާގުޅޭ އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ނަންބަރު 3014407 ،3014419 ފޯނަށް ގުޅުއްވުން ލިބޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު