އިޓަލީގެ ސެރެއާ އޭގައި ރޭ ޔުވެންޓަސްއިން އެންމެފަހުގެ ޗެމްޕިއަން ނަޕޯލީ ބަލިކޮށްފިއެވެ.
ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްފައިވާ އިރު، އެޓީމު އެއްވަނައަށް ޖެހިލީ 15 މެޗުން 36 ޕޮއިންޓާއެކުގައެވެ. އިންޓަ މިލާން ދެވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޭސީ މިލާން އޮތީ 14 މެޗުން 29 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި ރޯމާ 14 މެޗުން 24 ޕޮއިންޓާއެކު އޮތް އިރު، އެންމެފަހުގެ ޗެމްޕިއަން ނަޕޯލީ ފަސްވަނައިގައި އޮތީ 15 މެޗުން 14 ޕޮއިންޓާއެކުގައެވެ.
މެޗުގެ ކުރީކޮޅުގައި ނަޕޯލީން ރަނގަޅަށް ކުޅެ، އެޓޭކްތައް އުފެއްދި ނަމަވެސް އެޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ކަވިޗާ ކަވަރަޓްހޭލިއާއާއި ވިކްޓާ އޮސިމެންއަށް ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔަ އިރު، ޔުވެންޓަސްއިން ވަނީ ދެވަނަ ހާފު ފެށިތަނާ ލީޑު ނަގައިފައެވެ.
މެޗުގެ 51 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ފެޑެރީކޯ ގާޓީއެވެ. މިދިޔަ ހަފުތާ ޔުވެންޓަސްއިން މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ގޯލު ޖެހި ގާޓީ ރޭގެ މެޗުގައިވެސް ގޯލު ޖެހީ ކޯނަރަކަށް ކުރިއަށް ޖެހިއެވެ.
މެޗުގައި ނަޕޯލީއަށް ނަތީޖާ ހަމަހަމަކުރަން އިތުރު ފުރުސަތުތަކެއްވެސް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ޔުވެންޓަސްގެ ގޯލްކީޕަރު ވިޝެކް ޝެޒްނީ އަތުން ގެއްލުނު ބޯޅައެއްގައި އޮސިމެންއަށް ލިބުނު ފުރުސަތުގައިވެސް އޭނާއަށް ގޯލު ޖެހޭ ގޮތެއް ނުވިއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ