ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބޮޑީބޯޑިން ގައުމީ ލީގުގައި ހިމަނާފައި އޮތް ދެ އިވެންޓެއް، ފައިސާގެ ދަތިތަކާ ހެދި ކެންސަލް ކޮށްފިއެވެ.
މިއަހަރުގެ ބޮޑީބޯޑިން ލީގުގައި ޖުމުލަ ހަތަރު އިވެންޓެއް ކުރިއަށް ގެންދަން ފުރަތަމަ ނިންމާފައިވާ އިރު، އެއީ ބުރުނު ޝިކާރުގެ އިތުރުން ފުވައްމުލަކުގައި ސެޕްޓެމްބަރު މަހު ބާއްވަން އޮތް މުބާރާތާއި ކ. ތުލުސްދޫ އޮކްޓޯބަރު މަހު ބާއްވާ ރަންދާ ޗެލެންޖް އަދި ގައުމީ މުބާރާތް ކަމަށްވާ ބަނޑުފިއްލާ ޗެލެންޖެވެ. އެ އިވެންޓްތަކުގެ ތެރެއިން ފައިސާގެ ދަތިތަކާ ހެދި ކެންސަލް ކޮށްފައި ވަނީ މާލެއިން ބޭރުގައި ބާއްވަން އޮތް ދެ އިވެންޓެވެ.
މިއަހަރުގެ ލީގުގައި މާލެ ސަރަހައްދުން ބޭރުން، ފުވައްމުލަކުގެ އިވެންޓެއްވެސް ހިމަނާފައި އޮތް އިރު، މިއީ ބޮޑީބޯޑިން ލީގުގައި މާލެ ސަރަހައްދުން ބޭރުގައި އިވެންޓެއް ކުރިއަށްގެންދަން މަސައްކަތް ކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
އެމްބީބީއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ބަނޑުފިއްލާ ޗެލެންޖް، މިމަހުގެ 18 އިން 22 އަށް ވަރުނުލާ ރާޅުގަނޑުގައި އޮންނާނެ ކަމަށެވެ. 2000 ޕޮއިންޓުގެ އެ މުބާރާތުގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާ އިރު، އެ މުބާރާތަށްފަހު ގައުމީ ޖޫނިއާ އަދި ސީނިއާ ޗެމްޕިއަނުންވެސް ކަނޑައަޅާނެއެވެ. އަދި ބޮޑީބޯޑިން ލީގު ސީޒަނުގެ ނަތީޖާއަކީ އަންނަ އަހަރުގެ ބޮޑީބޯޑިން ގައުމީ ޓީމު އެކުލަވާލަން ބަލާނެ ޕޮއިންޓް ސިސްޓަމް ކަމަށްވެސް އެމްބީބީއޭ އިން ވަނީ ބުނެފައެވެ.
ދެހާ ނަވާރަ ވަނަ އަހަރުން ފުރަތަމަ ބޭއްވި ގައުމީ ބަނޑުފިއްލާ ޗެލެންޖު، މީގެ ކުރިން ދެފަހަރަކަށް ބާއްވާފައިވާ އިރު، މިއީ އެ އިވެންޓްގައި ޖޫނިއާ ބައެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. ބަނޑުފިއްލާ ޗެލެންޖުގައި ހިމެނެނީ އަންހެން އަދި ފިރިހެން އޯޕަން ބަޔާއި، ފިރިހެން ޖޫނިއާ ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީ އަދި މާސްޓާސްއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)