ގެއްލިގެން ހޯދަމުންދިޔަ ނ. މިލަދޫ/ ގުމުރީގެ، މުއްރަތު އަލީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ.

މުއްރަތު އަލީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރާ މުއްރަތު ގެއްލިގެން ހޯދަން ފެށީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު ބުނީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މުއްރަތުގެ އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ، އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 5:00 ޖަހާކަންހާއިރު ކޮޅުވެއްޓީގައި ހުއްޓާ ކަމަށެވެ. އޭރު އޭނާ ލައިގެން ހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.