ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އިތުރު ނުވަ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިއަދު ނުވަ ބޭފުޅަކު ޑެޕިއުޓީ މިނިސްޓަރުންގެ މަގާމަށް އައްޔަންކުރެއްވި އިރު، މިދިޔަ މަހު ވެސް ވަނީ 61 ބޭފުޅަކު އެ މަގާމުތަކަށް އައްޔަންކުރެއްވިއެވެ.

  • ފޮރިން މިނިސްޓްރީއަށް - އަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް
  • ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއަށް - މުހައްމަދު އާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ
  • ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއަށް - މަރިޔަމް ޝިފާނާ އަލީ ސަލީމް، ހ. މެލްބަން
  • ފިނޭންސް މިނިސްޓްރީއަށް - ހަސަން މިރާސް، މއ. މާފުނަ
  • އެޑިއުކޭޝަންގެ މިނިސްޓްރީއަށް - އާމިނަތު މުނާ، ލަކީސްޓާ، ދ. ބަނޑިދޫ
  • ޓޫރިޒަމްގެ މިނިސްޓްރީއަށް - އަހުމަދު މާއިސް - ވެލާނާގެ، ނ. ވެލިދޫ
  • ހައުސިން މިނިސްޓްރީއަށް - އިބްރާހީމް އަލީމް - ރޯޅި، ގއ. ކޮލަމާފުށި
  • އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށް - ފާތިމަތު ޒުހުރާ، ވ. ފައުނު
  • ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއަށް - އަބްދުﷲ މަހްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރީ

މިއަދު އައްޔަން ކުރެއްވި ޑެޕިއުޓީ މިނިސްޓަރުންނާއެކު އެ މަގާމުގައި މި ވަގުތު 70 ބޭފުޅަކު އެބަ ތިއްބެވިއެވެ.