އިރާނުން ރޮކެޓެއްގައި ޖަނަވާރުންތަކެއް ޖައްވަށް ފޮނުވައިފިއެވެ.
އިރާނުން ޖަނަވާރުތަކެއް ޖައްވަށް ފޮނުވާފައި މިވަނީ، އެ ގައުމުން އިންސާނުން ޖައްވަށް ފޮނުވުމަށް ތައްޔާރުވަމުންދާ މިޝަންގެ ޓެސްޓު ދަތުރުތަކެއްގެ ގޮތުގައެވެ.
އިރާނުގެ ޖައްވީ ކަންކަމާބެހޭ އިދާރާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، ޖަނަވާރުތައް ޖައްވަށް ފޮނުވީ 500 ކިލޯގެ ކެޕްސޫލަކަށް ލައިފައެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ޖަނަވާރުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އިރާނުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ކާމިޔާބު ކަމާއެކު ސެޓަލައިޓެއް ޖައްވަށް ފޮނުވާލައިފައެވެ. އެ ސެޓެލައިޓް މެދުވެރިކޮށް ގިނަ މައުލޫމާތުތަކެއް އެއްކޮށްފައިވާ ކަމަށްވެސް އެ ގައުމުން ބުނެއެެވެ.
އިރާނުން ވަނީ 2013 ވަނަ އަހަރު ޖައްވަށް ރާމާމަކުނެއް ފޮނުވައި އެ އަނބުރާ ދުނިޔެއަށް ގެނެސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ