އަންނަ ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ވަޒީރުންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ މުހިންމު އެއް ވައުދަކީ ގައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށާއި އެގޮތުން ސްކޫލު ކުދިން ގައުމީ ލަވަ އާއި ދިދައަށް ހިތް ޖެއްސުމަށް ކޮންމެ ދުވަހަކު ސްކޫލު ފަށާނީ ގައުމީ ސަލާމުން ކަމަށެވެ.
"ޑިސެމްބަރުގައި ސްކޫލު ބަންދުވެފައި، ޖެނުއަރީގައި ސްކޫލް ހުޅުވޭ ޓާމުން ފެށިގެން ކޮންމެ ސްކޫލެއްގައި ކިޔަވާ ކުދިން ސެޝަން ފަށާނީ ގައުމީ ސަލާމް ކިޔާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމީ ސަލާމް ކިޔާނީ ސެޝަން ފެށޭ ގަޑީގައި އެސެމްބުލީގައި ކަމަށެވެ.
މިހާރުވެސް ސްކޫލުތަކުގެ ބައެއް ދުވަސް ދުވަހު ސެޝަންތައް ފެށުމަށް ބާއްވާ އެސެމްބުލީތައް ފަށަނީ ގައުމީ ސަލާމުންނާއި ސްކޫލު ލަވައިންނެވެ. މީގެ އިތުރުން ކޮންމެ ސެޝަނެއްވެސް ފަށަނީ ކީރިތި ގުރުއާނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު