މާލޭގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވައިފިއެވެ.
ޕީޕީއެމް/ޕީއެންސީގެ އާ އޮފީހުގެ ރޭ ބޭއްވި ކުޑަ ހަފުލާއެއްގައި އާޒިމާގެ ފޯމު ހަވާލުކުރެއްވީ ޕީއެންސީފެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) އާއެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރައީސްކަމުގެ ހުވައިކުރެއްވުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މާލެއަށް މޭޔަރަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 13ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13އަށް ހަމަވާނެއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ލިބިފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށެވެ. އެ މަގާމަށް މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވާދަކުރައްވާނެކަން އިއުލާން ކުރައްވައި، ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު