ފިލިޕީންސަށް 6.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ފިލިޕީންސްގެ ދެކުނުން މިންޑަނާއޯ އައިލެންޑް ހިމެނޭ ސަރަހައްދުތަކަށް އައި އެ ބިންހެލުމުގައި ދެ މީހަކު މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މި ބިންހެލުމަށް ފަހު ގިނަ އަދަދެއްގެ ކުދި ބިންހެލުން ވެސް އެ ސަރަހައްދަށް އައިކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.
ބިންހެލުމުގެ އަސަރު ކުރި ހިސާބުތަކުގެ މީހުން ފުރަތަމަ ބިންހެލުމާއެކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. މީގެ އިތުރުން ބިންހެލުމުގެ ބާރު ގަދަކަމުން ސުނާމީއެއްގެ އިންޒާރުވެސް ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ފިލިޕީންސްގެ ފުލުހުން ވަނީ ބިންހެލުން އައި ސަރަހައްދަށް ލިބިފައިވާ ގެއްލުން ބަލައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އޮޕަރޭޝަނެއް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ