މުހައްމަދު ފަހުމީ ހަސަން، ޕީއެޗްޑީ ހާސިލު ކުރައްވައިފި އެވެ. ފަހުމީ "ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަން" ހާސިލުކުރެއްވީ މެލޭޝިއާގެ ޓުން ހުސެއިން އޮން ޔުނިވަސިޓީންނެވެ.
ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި ޕްރިންސިޕަލެއްގެ ގޮތުގައި ފާހަގަކުރެވޭ، ފަހުމީ ވަނީ ގިނަ ސްކޫލުތަކެއްގައި ހެޑްމާސްޓަރު ކަމާއި ޕްރިންސިޕަކް ކަމުގެ މަގާމު އަދާކުރައްވައިފައެވެ. އޭގެ ތެރޭގައި ސ. އަތޮޅު މަދަރުސާ އާއި ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ސީއެޗްއެސްސީ އާއި ދަރުމަވަންތަ ސްކޫލާއި އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ކަލާފާނު ސްކޫލު ފާހަގަކޮށްލެވެ އެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަލަށް ސެކަންޑަރީ ސްކޫލު ތައުލީމު ފެއްޓުމަށް ވެސް ފަހުމީ ހާއްސަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް އަށެއް ފުރަތަމަ އުފައްދައި ސެކަންޑަރީ ތައުލީމު ފެށީ ފަހުމީގެ ހެޑްމާސްޓަރު ކަމުގަ އެވެ. ތައުލީމީ ދާއިރާގެ މުގައްރަރުތައް އެކުލަވައިލުމުގައާއި މަތީ ތައުލީމުގެ ސިޔާސަތުތައް އެކުލަވައިލައި ސިލަބަސްތައް އެކުލަވައިލުމުގައި ފަހުމީގެ ދައުރު ބޮޑެވެ. ރާއްޖޭގެ ފުރަތަމަ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ޑިރެކްޓަރު ޖެނެރަލަކަށް މަސައްކަތް ކުރައްވައި، ސްކޮލަޝިޕް ޕްރޮގްރާމްތަކާއި ތައުލީމީ ފަންޑަށް އިސްލާހީ ހެޔޮބަދަލުތައް ގެންނެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ފަހުމީ ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވައިފައެވެ. ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރުކަމުގެ މަގާމު 2015 އަހަރުން ފެށިގެން 2018 އަށް އަދާކުރެއްވި އެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ އޯގަސްޓުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެމްބަރު 28 އާއި ހަމަޔަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވައިފައެވެ. ޖޭއެސްސީގެ މެންބަރުކަން 2010 އިން 2015 އަށް އަދާކުރެއްވިއެވެ.
ތައުލީމީ ދާއިރާއިން ފަހުމީ ޕީއެޗްޑީ ހާސިލުކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި މިހާރު ތައުލީމީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބެވި، ކުރީން ފަހުމީގެ ދަރިވަރުންނާއި، ދައުލަތުގެ އެކި ފެންވަރުގެ މަގާމުތަކުގައާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ފަހުމީ ހަސަން ޕީއެޗްޑީ ހާސިލުކުރެއްވިއިރު، އޭނާގެ އެއްބަނޑުއެއްބަވާ ކޮއްކޮ، މޫސާ އަންވަރު ހަސަން ވެސް ވަނީ ދާދި ފަހުން ޕީއެޗްޑީ ހާސިލުކުރައްވައިފައެވެ. އަންވަރު ހަސަން އަކީ ރާއްޖޭގައި އެންމެ މަގުބޫލު ދީނީ އިލްމުވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. ފަހުމީ ހަސަން އާއި އަންވަރު ހަސަންގެ އެއްބަނޑު އެއްބަފާ ބޭބެ، އަބްދުﷲ ފާރޫގް ހަސަން އަކީ، ވެސް ދީނީ ހޭލުންތެރިކަމާއި އަދަބިއްޔާތާއި ދިވެހި ބަސް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އިސްލާމް ދީން، އަދި އިސްލާމީ ތާރީޚާ ގުޅޭ އެންމެ ގިނަ ފޮތް ލިޔުއްވައި ނެރުއްވި ބޭފުޅަކީ ވެސް ފާރޫގް ހަސަން އެވެ. މި ބޭފުޅުންނާ އެއްބަނޑު އެއްބަވާ، މުނީރު ހަސަން އަކީ ތާރީޚީ އިލްމުވެރިއެކެވެ. ތާރީޚީ ރޮނގުން އިލްމީ ލިޔުންތައް ނޫސްތަކަށް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގައިވެސް ފުވައްމުލަކުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކަތީބުކަމާއި ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު