މެލޭޝިޔާއަށް އެތެރެވާ ބޭރުމީހުން ''ޑިޖިޓަލް އެރައިވަލް ކާޑް'' ހަދަން ޖެހޭގޮތަށް ނިންމައިފިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މެލޭޝިއާއަށް އެތެރެވާ ބޭރު މީހުން އެމީހުން މެލޭޝިޔާއަށް އެތެރެވުމުގެ ކުރިން ''ޑިޖިޓަލް އެރައިވަލް ކާޑް'' ފޮނުވަން ޖެހޭނެ ކަމަށް އެގައުމުގެ އިމިގްރޭޝަނުން ވަނީ އިއުލާން ކޮށްފައެވެ.
މެލޭޝިޔާއިން ވަނީ ''ޑިޖިޓަލް އެރައިވަލް ކާޑް''ގެ އިތުރުން އެހެނިހެން ހިދުމަތްތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ޗައިނާއާއި އިންޑިއާ މީހުންނަށް ވިސާއާ ނުލައި އެގައުމަށް އެތެރެ ވެވޭނެ ގޮތް ވެސް ވަނީ ހަދައިފައެވެ.
މެލޭޝިޔާގެ އިމިގްރޭޝަނުން ވަނީ ''ޑިޖިޓަލް އެރައިވަލް ކާޑް'' ހަދަން ނުޖެހޭނީ އެ ގައުމުގައި ޓްރާންސިޓްވާ މީހުންގެ އިތުރުން ސިންގަޕޫރުން އެ ގައުމަށް އެތެރެވާ މީހުންގެ ތެރެއިން އިމިގްރޭޝަން ފުރިހަމަ ކުރަން ނުޖެހޭ ފަރާތްތައް އެކަނި ކަމަށް ބުނެފައެވެ.
މެލޭޝިޔާގެ އިމިގްރޭޝަނުން ވަނީ އެގައުމުގެ ރަށްވެހީންނާއި އޮޓޮމޭޓެޑް ކްލިއަރެންސް ސިސްޓަމް ހޯލްޑަރުން ''ޑިޖިޓަލް އެރައިވަލް ކާޑް'' ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށްވެސް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ