މިދިޔަ ބުދަ ދުވަހުގެ ރޭ ވިލާ ކޮލެޖު ކަރިރީގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އަލީ އުވައިޝް، 23، ވެންޓިލޭޓަރުން ނަގައިފިއެވެ.
އެ އެކްސިޑެންޓުގައި ދެ ފިރިހެނަކަށާއި އަންހެނަކަށް އަނިޔާވި އިރު، އެ ތިން މީހުންވެސް ގެންދިޔައީ އައިޖީއެމްއެޗްގައެވެ. އޭގެ ތެރެއިން އުވެއިޝްއާއި ދެން އަނިޔާވި ފިރިހެން މީހާގެ ހާލު ސީރިއަސްވެ ފުރަތަމަ ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ކަށަވަރުކޮށްދިން ގޮތުން އުވެއިޝް ވަނީ އިއްޔެ ވެންޓިލޭޓަރުން ނަގައިފައެވެ. ނަމަވެސް ވެންޓިލޭޓަރަށް ލީ ދެވަނަ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އުވެޝްގެ ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ލޭ ވަނީ އެޅިފައެވެ. ނަމަވެސް ސާޖަރީ ކުރާ ވަރަށް ލޭ ނޭޅޭ ކަމަށާއި އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މައުލުމާތު ލިބެއެވެ.
އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އުވައިޝްއަކީ ފަސޭހަ ރީޗާޖުގެ އިތުރުން އެކި ކަހަލަގެ ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. އެގޮތުން އިލެކްޓްރޯނިކް ސާމާނު ވިއްކުމުގެ ވިޔަފާރިއެއްވެސް އޭނާ ވަނީ 2020ގައި ފަށައިފައެވެ. އޭގެ އިތުރުން ސައިކަލު ކުއްޔަށް ދޫކުރުމުގެ ވިޔަފާރިއެއްވެސް އޭނާ ވަނީ މިފަހުން ފަށާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު