ދެކުނު ކޮރެއާގެ ފުރަތަމަ ސްޕައި ސެޓަލައިޓް ޖައްވަށް ފޮނުވާލައިފި ކަމަށް އެގައުމުން ބުނެފިއެވެ.
ދެކުނު ކޮރެއާގެ ޑިފެންސުން ބުނެފައިވާ ގޮތުގައި، އެގައުމުގެ ފުރަތަމަ ސްޕައި ސެޓަލައިޓް ޖައްވަށް ފޮނުވާލީ އެލަން މަސްކުގެ ސްޕޭސްއެކްސް ރޮކެޓެއްގައެވެ.
އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ވެންޑެންބާގް އެމެރިކާގެ ސްޕޭސް ފޯސްގެ ބޭސް އިން ސްޕޭސް އެކްސްގެ ރޮކެޓް ފޮނުވާލާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ދެކުނު ކޮރެއާއިން ފޮނުވާލާ ސެޓަލައިޓް ކާމިޔާބު ކަމާއެކީ ޖައްވަށް ފޮނުވާލެވިއްޖެ ނަމަ އެވެގެން ދާނީ އެގައުމުގައި އުފައްދައި ޖައްވަށް ފޮނުވާލާ ފުރަތަމަ ސްޕައި ސެޓަލައިޓަށެވެ. އަދި މިސެޓަލައިޓްގެ މައިގަނޑު ބޭނުމަކީ ކޮރެއަންޕެނިންސިއުލާ، ހާއްސަކޮށް އުތުރު ކޮރެއާއިން ހިންގާ ނިއުކްލިއާ ހަތިޔާރާއި ގުޅުން ހުރި ކަންކަން ބެލުން ކަމަށް އޮފިޝަލުން ބުނެއެވެ.
ދެކުނު ކޮރެއާއިން ވަނީ 2025 ނިމުމުގެ ކުރިން އެގައުމުން ހަތަރު ސްޕައި ސެޓަލައިޓް ޖައްވަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ