ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯޓޮރީސް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ވިހަ ކެމިކަލްތަކެއް ހިމެނޭތީ، އެ ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓެއްގައި ބުނީ، ފާމިކްސް ލެބޯޓޮރީސް އިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން އެލާޓް ކޮށްފައިވާ ކަމަށެވެ.
އަދި ދުނިޔޭގެ އެހެން ގައުމުތަކުންވެސް އެ ކުންފުނީގެ ދިޔާ ބޭހުގައި އެ ކެމިކަލްތައް ހިމެނޭ ކަމަށް އެލާޓް ކޮށްފައިވާތީ އާއި ރާއްޖޭގެ މާކެޓުގައި ހުރި އެ ކުންފުނީގެ ދެ ބޭހަކުންވެސް އެ ކެމިކަލްތައް ފެނިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ، ޕާކިސްތާން ކުންފުނީގެ ދިޔާބޭސް އުފެއްދުމުގައި އެފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ އެއްވެސް ދިޔާބޭހެއް ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ.
އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި އެ ކުންފުނީގެ ދިޔާ ބޭސްތައް ފާމަސީތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އަންގައިފައެވެ.
މިހާރު އެޕްރޫވްޑް ޑްްރަގް ލިސްޓުގައި ހިމެނޭ ފާމިކްސް ލެބޯޓޮރީސްގެ ދިޔާ ބޭސްތައް:
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު