ބީޓީއެސްގެ ހަތަރު މެންބަރަކު އަންނަ މަހު ކޮރެއާގެ މިލިޓަރީއަށް ވަންނަންނިންމައިފިއެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސްގެ ހަތަރު މެންބަރަކު އަންނަ މަހުގެ މެދުތެރޭ އެ ގައުމުގެ މިލިޓަރީއަށް ވަންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ވަނީ މިހާރުވެސް ބީޓީއެސްގެ ތިން މެންބަރަކު އެ ގައުމުގެ މިލިޓަރީގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފައެވެ.

ދެކުނު ކޮރެއާގެ އުމުރުން 18 އަހަރާއި 28 އަހަރާއި ދެމެދުގެ ކޮންމެ މީހަކުވެސް 18 ނުވަތަ 21 މަސް ވަންދެން އެ ގައުމުގެ މިލިޓަރީގައި މަސައްކަތް ކުރަން ޖެހެއެވެ.

ކޭޕޮޕް ބޭންޑް ބިޓީއެސްގެ ހަތަރު ބައިވެރީން އެންމެ ފުރަތަމަ ޖެހޭނީ ހާއްސަ ތަމްރީނެއް ހަދާށެވެ. އޭގެފަހުން 18 މަސް ވަންދެން އެގައުމުގެ މިލިޓަރީގައި ހިދުމަތް ކުރާނެކަމަށް އޮފިޝަލުން ބުނެއެވެ.