ދުނިޔޭގެ އެންމެ ހިތާމަވެރި އެތް މަރުވެއްޖެއެވެ.

ފިލިޕީންގެ މެނީލާގައި ހުންނަ ޒުލެއްގައި އެކަނި ދިރިއުޅުނު އެ އެތް މަރުވުމާއެކު މެނީލާގެ ގިނަ ބަޔަކު ވަނީ އެކަމާ ހިތާމަފާޅު ކޮށްފައެވެ.

އެތް މަރުވެފައިވަނީ އެކަނި ދިރި އުޅުމުގެ ސަބަބުން ހިތްދަތި ވެގެން ކަމަށް ޖަނަވާރުތަކުގެ ހައްގުތަކާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މާލީ ނަމަކަށް ކިޔާ އެއެތަކީ 1981 ވަނަ އަހަރު ލަންކާގެ ސަރުކާރުން ފިލިޕީންސްގެ ފަސްޓްލޭޑީއަށް ދިން ހަދިޔާއެކެވެ. އޭރު މާލީއާ އެކު އެއް ކޮށްޓެއްގައި އެހެން އެތެއް ވެސް އުޅުނެވެ. ނަމަވެސް 1990 ވަނަ އަހަރު އެ އެތް މަރުވެ މާލީ އެކަނި ވީކަމަށް ޒުލުގެ އޮފިޝަލުން ބުނެއެވެ.

މާލީ މަރުވި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް މާލީ މަރުވި އިރު ވަރަށް މުސްކުޅި ކަމަށް ޒުލުގެ އޮފިޝަލުން ބުނެއެވެ.