އެމެރިކާގެ މިލިޓަރީ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ އެމެރިކާގެ މިލިޓަރީ މަތިންދާބޯޓު ވެއްޓިފައިވަނީ ޖާޕާނުގެ ހުޅަނގު ދެކުނުގައި އޮންނަ ޔަކުޝީމާ އައިލެންޑުގެ ކައިރީ ކަނޑަށް ކަމަށް އޮފިޝަލުން ބުނެއެވެ.
ޖަޕާނުގެ ކޯސްޓްގާޑުން ވަނީ މަތިންދާބޯޓު ވެއްޓުނު ސަރަހައްދުން މަރުވެފައި އޮތް އެކަކު ފެނިފައިވާކަމަށް ބުނެފައެވެ.
ޖަޕާނުގެ ދައުލަތުގެ މީޑިއާއިން ބުނީ އެ މަތިންދާ ބޯޓު ދިޔައީ ޔަކުޝިމާގެ އެއާޕޯޓަށް ޖެއްސުމަށް ކަމަށާއި އެވަގުތު އޭގެ އެއް އިންޖީނުގައި ރޯވެފައިވާކަމަށެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ވަނީ ހާދިސާ ހިނގުމާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިކަމަށް ބުނެފައެވެ. އެގޮތުން އެސަރަހައްދުގައި އެވަގުތު ދަތުރު ކުރަމުންދިޔަ ހަ ބޯޓަކާއި ހެލިކޮޕްޓަރެއް ހަރަކާތްތެރިވިކަމަށް ބުނެފައިވެއެވެ.
ވެއްޓުނު މަތިންދާ ބޯޓުގެ ބައިތަކެއް ފެނިފައިވާއިރު ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ