މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ ޖަނަވަރީ މަހުން ފުލުހުން ޕެޓްރޯލްކުރަމުންދިޔަ އިރު، މަސްތުވާތެކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި މިރޭ 8:19 ހާއިރު ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތެކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އެ އޮފިސަރަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު