ސަރުކާރުގެ 20 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން (އެމްޑީ)ން އައްޔަންކޮށް އެ ބޭފުޅުންގެ ނަންތައް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު އާންމުކޮށްފި އެވެ.
އާ އެމްޑީން އައްޔަންކުރި ކުންފުނިތަކާއި އައްޔަން ކުރެއްވި ބޭފުޅުން:
- އެމްޑަބްލިޔުއެސްސީ: އަބްދުލް މަތީން މުހައްމަދު
- އެމްޓީސީސީ: އަބްދުﷲ ޒިޔާދު
- ސްޓެލްކޯ: ހުސެއިން ފަހުމީ
- އާބަންކޯ: އިބްރާހިމް ފަޒުލް ރަޝީދު
- އެމްއޭސީއެލް: އިބްރާހިމް ޝަރީފް
- އެމްޕީއެލް: މުހައްމަދު ވަޖީހް އިބްރާހިމް
- އެސްޓީއޯ: ޝިމާދު އިބްރާހިމް
- އައިލެންޑް އޭވިއޭޝަން: އިބްރާހިމް އިޔާސް
- ވެމްކޯ: މުޖުތަބާ ޖަލީލު
- އާސަންދަ: އާމިނަތު ޒީނިޔާ
- ފަހި ދިރިއުޅުން: ހަމްދާން ޝަކީލު
- އެމްއައިޓީޑީސީ: ހައްވާ ޝިއުނާ ހާލިދު
- ހައްޖު ކޯޕަރޭޝަން: މުހައްމަދު ޝަކީލު
- ޓްރޭޑްނެޓް މޯލްޑިވްސް: ސައީދާ އުމަރު
- ޕީއެސްއެމް: ޒީނާ ޒާހިރު
- އާރުޑީސީ: ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު
- ފެނަކަ: މުއާޒު މުހައްމަދު ރަޝީދު
- ރީޖަނަލް އެއާޕޯޓްސް: އަހުމަދު މުބީން
- އެމްއެފްއެމްސީ: އަހުމަދު ނާޒިމް
- އެމްޓީޑީސީ: އަހުމަދު ނިޔާޒު
ޖުމްހޫރީ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ. މުހައްމދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް ހަ އަންހެން ބޭފުޅުން ނަގަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު