މަންމައަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އަމިއްލަ މަންމައަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ކްރިމިނަލް ކޯޓުގެ އަމުރާއެކު ހައްޔަރުކޮށްފައިވަނީ މ. ސަންމާމުގެ، އަހުމަދު ސިޔާދު، 41އ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އޭނާ ބަންދުކުރި ކޯޓު އަމުރުގައި ބުނާގޮތުން އޭނާ ވަނީ އޭނާގެ މަންމައަށް އަދި އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް މަރުގެ އިންޒާރު ދީފައެވެ. އަދި ބަންދުން އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގެ ހެކީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ހެކިންގެ ބަޔާން އަދި ކުށުގެ މާހައުލަށް ދިޔަ ފުލުހުންގެ ހެކިބަސް ނަގާފައިވާ ކަމަށް އަމުރުގައިވެއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މީގެ ކުރިން ވެސް އެކި ކުށްތަކުގައި ބަންދުކުރި މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު