ޕާކިސްތާނުގެ މޯލެއްގައި އަލިފާން ރޯވެ 10 މީހުން މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ވެރިރަށް ކަރާޗީގެ މެދުގައި ހުންނަ ޝޮޕިން މޯލްގައި ރޯވި ހާދިސާގައި މިހާތަނަށް 22 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިއްޔެ ހިނގި އެހާދިސާގައި އެމޯލް ހުންނަ އާރްޖޭ ބިލްޑިން އަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއްވެފައެވެ.
ރޯވި އަލިފާންގަނޑު ނިންވާލި ނަމަވެސް އަލިފާންނިއްވާ ޓީމުން ވަނީ އެސަރަހައްދު ބަންދުކޮށް އެތަނުގައި ހަރަކާތްތެރިވާން ފަށައިފައެވެ.
ހާދިސާ ހިނގުމާއެކު އެއިމާރާތުން 50 އަށްވުރެ ގިނަ މީހުން ނެރެފައިވާ އިރު، އަދިވެސް މީހުން އެއިމާރާތް ތެރޭ ތާށިވެފައި ތިބިކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ