ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުންނިމް އަނީސް، މަގާމުން ވަކިކޮށްފިއެވެ.
މުންނިމް އެ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު "ވަން" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. ހަލީލް ވިދާޅުވީ އޭނާ ވަކިކުރީ ބުރާސްފަތި ދުވަހު ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މުންނިމް އައްޔަނުކުރެއްވީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެހެންކަމުން އޭނާ އެ މަގާމުގައި ހުންނެވީ އެންމެ ދެ ދުވަހުއެވެ.
އެ ރަސްމިއްޔާތުގައި އޭނާއާ އެކު ޖުމްލަ 25 ބޭފުޅަކު ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރިއެވެ. އެ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ވެސް މުންއިމް އެކަންޏެވެ.
އޭނާ ވަކި ކުރި ސަބަބެއް "ވަން" އަށް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މުންނިމް، މަގާމުން ވަކިކޮށްފައިވާ އިރު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މިދިޔަ ހޯމަ ދުވަހު އައްޔަނު ކުރެއްވި މުހައްމަދު ފަހުމީ ހަސަންވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމަށް އައްޔަނު ކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު