މާލެއިން އަންހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ސ. ހިތަދޫ/ ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) ކަމަށެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ވިޝާމާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ މާލެ ދިޔަ ގޮތަށް އާއިލާއަށް ހަބަރެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން ފުލުހުން އެދެއެވެ.