އެމްޑީޕީގެ ރައީސްގެ މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރަން، އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އއ. އުކުޅަހުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ރައީސް ސޯލިހާ އެމްޑީޕީގެ ރައީސްކަން ހަވާލުކުރެއްވުމަށް ގައުމީ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ރައީސް އަންވަރު އިބްރާހިމެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުއެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމު ރައީސް ސޯލިހާ ހަވާލުކުރަން ފާސްކޮށްފައިވަނީ އެ ޖަލްސާގައި ބައިވެރިވި 47 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީ ރައީސްގެ މަގާމު ހުސްވެފައި މިވަނީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިވެވަޑައިގެންނެވުމުންނެވެ. ނަޝީދު، އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުއެވެ. އަދި ފަހުން ވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކީ އެ ޕާޓީގެ އެންމެ އިސް ލީޑަރެވެ. މީގެ ކުރިން އެ މަގާމުގައި ރައީސް ސޯލިހު ހުންނެވި ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަވުމުން، އެ މަގާމު ވަނީ ގެއްލިފައެވެ. އެމަނިކުފާނު މިހާރު ހުންނެވީ އެމްޑީޕީގެ އާންމު މެމްބަރެއްގެ ގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު