ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އިން ފަހުރުވެރި ވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
ބާސެލޯ ނަސަންދުރައިގައި މިރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ހާސިލުކުރެއްވި ފަސް އުފެއްދުމަކަށް އިނާމް ހަވާލުކޮށްދެއްވައިފައެވެ. .
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި އަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ.
މިރޭގެ ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނަ އަށް ހޮވުނު 82 ފަރާތުގެ އިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" އެވެ.
މުޅި މައުރަޒުން ރަންވަނަ ހާސިލުކުރި 5 އުފެއްދުން:
- "މެމޮރީ އޮފް ދަ ޓައިޑްސް" މަރިޔަމް ޝަހުމާގެ / ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން
- އަބްދުއްރަޝީދު ޙަސަންގެ "ދޯނި" / ލަކުޑީގެ އުފެއްދުންތައް ކެޓެގަރީން
- "ތުނޑު ކުނާ" އުޝާ އާދަމްގެ / ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން،
- "އަވަސް އެޕް" މުޙައްމަދު ޔާނިއު ރަމީޒުގެ/ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީން
- "ކަޅުވަކަރު މިސްކިތް" އާދަމް މަންޞޫރުގެ/ އިމާރާތްކުރުމުގެ ދާއިރާއިން
ރަން ފަސްވަނައިގެ ތެރޭގައި އަމިއްލަ ފަރުދުންގެ ތިން އުފެއްދުމަކާއި ވިޔަފާރި ދާއިރާގެ ދެ އުފެއްދުމެއް ހިމެނެއެވެ.
އެކި ދާއިރާތަކުން އެއް ވަނައަށް ދިޔަ ފަރާތްތައް:
- އަމިއްލަ ފަރުދުންގެ ދާއިރާއިން / އޫޝާ ހަސަން، މާލެސިޓީ
- ވިޔަފާރި ދާއިރާއިން / ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ
- ތައުލީމީދޭ ދާއިރާތަކުން / މޯލްޑިވްސް ޕްލިޓެކްނިކް
- ޖަމިއްޔާ ޖަމާއައްތަކުގެ ދާއިރާއިން / ވިމެން އެންޓްރަޕްރަނާޒް މޯލްޑިވްސް
- ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާއިން / ހައުސިންގް ޑިޕްލޮޕްމަންޓު ކޯޕަރޭޝަން
- ހާއްސަ އެހީބޭނުންވާ ފަރާއްތަކުގެ ދާއިރާއިން / ފާތިމަތު ޝަފަގު ، ރެޑިއަމްގެ ތ. ވިލިފުށި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް