އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހެވެ. އެ ރޭސް ބާއްވަނީ އުރީދޫން ބާއްވާ ފަން ރަން އާއެކުގައި އަންނަ މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އުރީދޫން ބުނީ ޑްރޯން ރޭހަކީ ޑްރޯންއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ރޭހެއް ކަމަށެވެ. ޑްރޯން ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް http://ore.do/dronerace މެދުވެރިކޮށް ބައިވެރިވެވޭނެއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 10 އާ ހަމައަށެވެ.

ޑްރޯން ރޭސް ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 16 އަހަރުން މަތީގެ ބައިވެރިންނަށް "އެކައި އެލީޓް" ކެޓަގަރީއާއި 12 އަހަރުން މަތީގެ ބައިވެރިންނަށް "ސްކައި ވޯކާ" ކެޓަގަރީއެވެ.

އުރީދޫން ބުނީ އެ ދެ ކެޓަގަރީގެ ރޭސްވެސް ތައްޔާރު ކޮށްފައިވާނީ އޮބްސްޓެކްލްލްސް ހިމެނޭހެން، އެންމެ އަވަަހަށް ރޭސް ނިންމާ ފަރާތެއް މޮޅުވާ ގޮތަށް ކަމަށެވެ.

ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ކެޓަގަރީއެއްގައެވެ. ކޮންމެ ކެޓަގަރީއެއްގައި ބައިވާން ބޭނުންވާ ފަރާތްތަކަށްވެސް އުރީދޫން ވަނީ ޝަރުތުތަކެއް ކަނޑައަޅައިފައެވެ.

  • 22 ޑިސެމްބަރު 2023 ވާއިރު 16 އަހަރު ފުރިފާވާ އަދި 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށް ވުން
  • ރޭހުގައި ބައިވެރިވާން ވާނީ އަމިއްލަ އެފްޕީވީ ޑްރޯނާ އެކު
  • އެއަރކްރާފްޓް ސްޕެސިފިކޭޝަންސް: 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯނަކަށް ވުން
  • ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުރުން
  • 22 ޑިސެމްބަރު 2023 ވާއިރު 12 އަހަރު ފުރިފާވާ އަދި 12 އަހަރުން މަތީގެ ނޮން-އެފްޕީވީ ޑްރޯން ޕައިލެޓުންނަށްވުން
  • މި ކެޓެގަރީ ގެ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ އަމިއްލަ ޑްރޯން މި ކެޓެގަރީ ގެ ބައިވެރިންނަށް ރޭހުގައި ބޭނުން ކުރުން ހުއްދައެއް ނޫނެވެ.
  • ރޭހުގެ ކުރިން މި ކެޓެގަރީ އަށް ރެޖިސްޓަރ ކުރާފަރާތްތަކުން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައިވާންޖޭނެ

ސްކައި ވޯކާ ކެޓަގަރީގައި ޕްރީ ކޮލިފިކޭޝަން ރައުންޑެއް ކުރިއަށް ގެންދާއިރު، އެ ރައުންޑް ކުރިއަށް ގެންދާނެ ތާރީހާއި ގަޑި ރަޖިސްޓްރީ ކުރާ ފަރާތައް އަންގާނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ދެ ކެޓަގަރީން މޮޅުވާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ސްކައި އެލީޓް ރޭހުން އެއްވަނަ ހޯދާ ފަރާތަކަށް ޑީޖީއޭ މިނީ 3 ޕްރޯ (ޑީޖީއޭ އާރްސީ) އެއް ލިބޭއިރު، ދެވަނަ ހޯދާ ފަރާތަކަށް 5ޖީ އެއާފައިބާ ޑިވައިސް އާއެކު 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ) ލިބެއެވެ. އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާގެ މޫލީ ވައުޗާއެއް ލިބޭނެއެވެ.

ސްކައި ވޯކާ ކެޓަގަރީން އެއްވަނަ ހޯދާ ފަރާތަކަށް ޑީޖީއޭ މިނީ 2 އެސްއީއެއް ލިބޭއިރު ދެވަނަ ހޯދާ ފަރާތަކަށް 5ޖީ އެއާފައިބާ ޑިވައިސް އާއެކު 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ) ލިބޭނެއެވެ. ތިން ވަނައަށް ހޮވޭ ފަރާތަކަށް ލިބޭނީ 1000 ރުފިޔާގެ މޫލީ ވައުޗާއެކެވެ.