އެސްޓީއޯ އަންކާރާ ނައިޓް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ، އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އަންކާރާ ނައިޓް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:00 އިން 10:30 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ކަމަށެވެ.
ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެޗްއެފްޓީއެސް)އާ ގުޅިގެން ކުރިއަށް ގެންދާ އެ ހަރަކާތަށް ޒިޔާރަތް ކޮށްގެން އިނާމެެއް ހޯދުމުގެ ފުރުސަތު ލިބިގެންދާއިރު، ހަރަކާތުގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިން އަދި ލައިވް މިއުޒިކް އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ތުރުކީން އިމްޕޯޓްކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު، ތަރުކާރީ، ބުރޭން، ހޯލް ވިޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ އެސްޓީއޯ ޕީޕަލް ޗޮއިސް އިން ލިބެން ހުރެއެވެ.
އެސްޓީއޯ އަންކާރާ ނައިޓް މިދިޔަ އަހަރު ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީގައެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު