ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސެލްޓިކުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ސެލްޓިކް ސަޕޯޓަރުން ފަލަސްތީނު ދިދަ ބޭނުންކުރި ކުރުން ކުށްވެރިކޮށް، ޔޫއެފާއިން އެ ކްލަބު ސަސްޕެންޑުކޮށްފިއެވެ.
މީގެ ކުރިން ރަޝިއާއާއި ޔުކްރެއިން ހަނގުރާމަ ކުރަމުންދިޔަ އިރު، ޔޫރަޕްގެ ބޮޑެތި ހުރިހާ ލީގުތަކުގައި ޔުކްރެއިނަށް ހާއްސަ ކެމްޕޭނުތައް ކުރިއަށް ގެންދިޔައެވެ. ހާއްސަކޮށް، މެޗުތައް ފެށުމުގެ ކުރިން ޔުކްރެއިނަށް ހާއްސަ ސުކޫތުތައް ގެނެސް، އެހީގެ ކެމްޕޭނުތައްވެސް ފުޓުބޯޅަ ތެރެއިން ޖައްސާފައިވެއެވެ. އަދި ރަޝިއާ ކްލަބުތަކަށް ޔޫރަޕްގައި ނުކުޅެވޭ ގޮތަށްވެސް ހެދިއެވެ.
މިވަގުތު އިސްރާއީލްގެ އަނިޔާވެރި ސިފައިން، ފަލަސްތީނުގެ ގައްޒާގެ އެތައް އާންމު ރައްޔިތުންނަކާއި ކުޑަކުދިން ޝަހީދުކުރަމުންދާ އިރު، އެކަން ކުށްވެރިކުރަން ލީގުންނާއި ޔޫއެފާއިންވެސް ސަމާލުކަން ދީފައެއް ނުވެއެވެ. އަދި މެޗުތަކުގައި ފަލަސްތީނު ދިދަ ބޭނުން ނުކުރަން އަންގައިފައިވެސް ވެއެވެ.
އެ އެންގުމަށްވެސް ބިރެއް ނެތި، ސެލްޓިކުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ފަލަސްތީނުގެ ދިދަ ވިހުރުވާލާފައިވާ އިރު، ޔޫއެފާއިން ނިންމީ 15،200 ޕައުންޑުން ސެލްޓިކް ޖޫރިމަނާ ކުރުމަށެވެ.
އޭގެ އިތުރުން ބަޑިބޭސް ބޭނުންކުރުމާއި، ސްޓޭޑިއަމްގެ ދޮރުތަކަށް ހުރަސް އެޅުމުގެ ކުށުގައިވެސް ސެލްޓިކް ވަނީ 10،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ