އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް މިއަދު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ކަމަށް ވާދަކުރެއްވި މުހައްމަދު ރަޝީދަށް ލިބިވަޑައިގަތީ 28 ވޯޓެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށެވެ. އެއީ 20 ވޯޓެވެ. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ލިބިވަޑައިގަތީ ހަތަރު މެންބަރުންނެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރުމުންނެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަންވެސް މިހާރު ވަނީ ހުސްވެފައެވެ. އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު