ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް އައްޔަންކުރައްވައިފިއެވެ.
ސްޕޯޓްސް ކޮމިޝަނަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުލަބްތަކުގެ ރަޖިސްޓްރޭޝަން ބެލެހެއްޓުމަށް، ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، ތޮލާލް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވީ ވަޒީރުންގެ ފެންވަރުގައެވެ. މިއީ އެ މަގާމަށް ވަޒީރުންގެ ފެންވަރުގައި ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
ތޮލާލް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެ، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، އަދި އޮލިމްޕިކްސް ކޮމިޓީގެ މަގާމުން އިސްތިއުފާއެއް ނުދެއްވައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލް ވަނީ އެ އެސޯސިއޭޝަނަށް ގިނަ ބަދަލުތަކެއް ގެންނަވައި، ރަނގަޅު ކާމިޔާބީތަކެއް ގެނެސްދީފައެވެ.
ފުރަތަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި އެންމެ ފުރަތަމަ ހުންނެވީ އަހުމަދު ނަޝީދު (ޑޭވް)އެވެ. އޭގެ ފަހުން އަލީ އުމަރުވެސް އެ މަގާމުގައި ހުންނެވި އިރު، އިބްރާހީމް މުހައްމަދު ސޯލިހްގެ ރައީސް ކަމުގައި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އެމަގާމުގައި ހުންނެވިއެވެ. ހީނާގެ ދައުރު ހަމަވުމުން އޭގެ ފަހުން މިއަދާ ޖެހެންދެން މަގާމުގައި ވަގުތީ ގޮތުން ހުންނެވީ އައިޝަތު ސަމާހާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު