ރާއްޖެ އަންނަ އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުން "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަކުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އެ ނިންމުން ނިންމެވީ، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އިއްޔެ އައްޔަނުކުރެއްވި މުހައްމަދު ޝަމްއާން ވަހީދެވެ.
އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަކުރަން ނުޖެހޭ ގޮތަށް ހެދީ، ދަތުރު ކުރުމުގައި ދިވެހިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމުގެ ގޮތުން ކަމަށެވެ.
"އިމުގާ" ފޯމަކީ، ކޮވިޑުގެ ދުވަސްވަރު ތައާރަފުކުރި ފޯމެކެވެ. ކޮވިޑުގެ ހާލަތު ހަމަޔަކަށް އެޅުމުންވެސް އެ ފޯމު ފުރަން ޖެހޭތީ އާންމުންގެ ޝަކުވާތައްވެސް ބޮޑުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު