އިންޑޮނޭޝިއާއިން ސިންގަޕޫރަށް ގަވާއިދާ ހިލާފަށް އެތެރެވި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ގަވާއިދާ ހިލާފަށް ސިންގަޕޫރަށް އެތެރެވި ދެމީހުން ހައްޔަރުކޮށްފައިވަނީ ތަނަހްމީރަ ކެނަލް ހިމެނޭ ސަރަހައްދުން ކަނޑުމަތިންނެވެ.
ކުޑަ ޑިންގީއެއްގައި ދަތުރުކުރި އެ ދެމީހުންގެ ހަރަކާތްތައް ސިންގަޕޫރުގެ ޕޮލިސް ކޯސްޓްގާޑުގެ ސަވައިލެންސް ސިސްޓަމަށް ދެއްކުމާއެކު ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެ ދެމީހުން އެއްގަމަށް އައުމުގެ ކުރިން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވަނީ އެދެމީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެމީހުން ސިންގަޕޫރަށް އެތެރެވާން އުޅެނީ ކީއްވެ ކަން އަދި އެނގިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ގަވާއިދާ ހިލާފަށް ސިންގަޕޫރަށް އެތެރެވުމަށް މަސައްކަތް ކުރިކަމުގެ ކުށުގައި އުމުރުން 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަމަށް އެ ގައުމުގެ ނޫސްތަކާއި ހަވާލާދީ ފުލުހުން ބުނެއެވެ.
ސިންގަޕޫރު ފުލުހުން ވަނީ އެމީހުން ދަތުރުކުރި ޑިންގީ ބޭނުންކޮށްގެން އިތުރަށް ތަހުގީގު ކުރަން ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ