މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރު އެޓް ލާޖްގެ މަގާމަށް، ޕީއެންސީގެ ނައިބު ރައީސް، މުހައްމަދު ހުސައިން ޝަރީފް (މުންދު) އިއްޔެ އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މުންދު އެ މަގާމަށް އައްޔަނުކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މުންދުއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކާއި ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޔޫތު މިނިސްޓަރު ކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަޕާނުގެ އެމްބެސެޑަރުކަމާއި ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ހައި ކޮމިޝަނަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ ސަރުކާރުގެ މަތީ ބައެއް މަގާމުތަކަށް އެެކިއެކި ބޭފުޅުން އައްޔަނުކުރައްވާފައެވެ. އޭގެ ތެރޭގައި އިމިގްރޭޝަން ކޮންޓޯލަރުގެ މަގާމާއި އެމްއެެންޔޫގެ ޗާންސެލަރުގެ މަގާމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ހިމެނެއެވެ.