ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން ވަހީދު ހަމަޖައްސައި، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރަކަށް ޑރ. މަހްމޫދު ޝައުގީ މިއަދު އައްޔަނުކޮށްފިއެވެ.
ޝަމްއާނަކީ އިމިގްރޭޝަނުގެ މަގާމެއްގައި ހުންނަވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަކިކުރި ބޭފުޅެކެވެ. އޭނާއަކީ 2008 އިން 2019 އަށް އިމިގްރޭޝަންގެ ވަޒީފާ އަދާކުރެއްވި ބޭފުޅެެކެވެ.
އެމްއެންޔޫގެ ޗާންސެލަރަކަށް ހަމަޖެއްސެވި ޝައުގީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
އޭގެ އިތުރުން ވެސް ހަ މަގާމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ބޭފުޅުން ހަމަޖައްސަވައިފައެވެ.
- ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އިގްބާލް އާދަމް
- ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖްގެ މަގާމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު)
- އެމްއެންޔޫގެ ވައިސް ޗާންސެލާގެ މަގާމަށް ޑރ. އައިޝަތު ޝެހެނާޒް އާދަމް
- އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމަށް ޑރ. އަލީ ޒާހިރު
- ނައިބު ރައީސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މުހައްމަދު ވަހީދު ހަސަން
- ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގެވުމަށް ޑރ. މުހައްމަދު ކިނާނަތު
ރައީސް މުއިއްޒުގެ ކެބިނެޓުގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވާ އިރު، އެމަނިކުފާނުގެ އަމާޒަކީ ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނަ ނުކުރެއްވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު