އެމް-ފައިސާ އިން ބިލްތައް ދައްކައިއިގެން، އައިފޯން 15 ޕްރޯ މެކްސް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.
އުރީދޫން މިއަދު ބުނީ، ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން ހުޅުވައިލީ 6 މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއްކަމަށެވެ.
އުރީދޫން ބުނީ މި ހާއްސަ ޕްރޮމޯޝަނުގައި ބައިވެރިވެގެން އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
މީގެ ތެރޭގައި، ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ އާއި އެއަށް ވުރެ މަތީން އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެކަމަށް އުރީދޫން ބުނެއެވެ. އަދި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ވަރަށް ގިނަ، ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށާއި އެމް-ފައިސާއަށް ރަޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރީ ވެވޭނެ އިންތިޒާމް ހަމަޖެހިފައިކަމަށްވެސް އުރީދޫން ބުންޏެވެ.
- 1. އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ: http://ore.do/app
- 2. އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލައްވާ
- 3. އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ
- 4. މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
- 5. މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖައްސަވާ
- 6. ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ
އުރީދޫން ބުނީ އެމް-ފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު