އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާ ހާސިލްކޮށްފައިވާ އިމާމުންނަށް ބޭރުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް އާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެވެ.
އިއްޔެ ވެރިކަމުގެ ހުވައި ކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. ޝަހީމް އައްޔަންކުރެއްވީ ރޭގައެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށެވެ.
ޑރ. ޝަހިމަކީ އިސްލާމީ، އަރަބި ގައުމުތަކާ ގުޅުން ބޮޑު ބޭފުޅެކެވެ. ޝަހީމް އެންމެ ފަހުން ހުންނެވީ ވެސް އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސްގެ މަގާމުގައެވެ.
އެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ވަޑައިގެންނެވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު