ފެނު އަޑީގައި ޖާދޫ ހަދައި ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

އެމެރިކާގެ އުމުރުން 13 އަހަރުގެ އަވޭރީ އެމާސަން ފިޝާ ކިޔާ އަންހެން ކުއްޖަކު ވަނީ ފެނުއަޑީގައި 3 މިނެޓުތެރޭ 38 ޖާދޫ ހަދާފައެވެ.

ސަންފްރެންސިސްކޯގައި ހުންނަ އެކުއޭރިއަމް ބޭ ޓޭންކުގައި ޑައިވިން ކިޓް އަޅައިގެން އަޑީގައި އޮވެ ފިޝާ ވަނީ އޭނާގެ ހުނަރު ކުޑަވަގުތުކޮޅެއްގެ ތެރޭ ދައްކާލައިފައެވެ.

އެ ރެކޯޑު މީގެ ކުރިން ގާއިމު ކޮށްފައިވަނީ އިނގިރޭސި ރައްޔިތެކެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ފެނުއަޑީގައި ތިން މިނިޓުތެރޭ 20 ޖާދޫ ހަދައިފައެވެ.

ފިޝާ ވަނީ މިހާތަނަށް 30 ޑައިވްކޮށް 12 ސެޓިފިކެޓް ހޯދާފައެވެ. އޭނާގެ މަގުސަދަކީ ދުނިޔޭގެ ރެކޯޑްފޮތުން އޭނާގެ ރެކޯޑު ގަބޫލުކޮށް ކަނޑުފަޅު ރައްކާތެރިކުރުމަށް ހޭލުންތެރިކަން އުފެއްދުން ކަމަށް ވަނީ ބުނެފައެވެ.