އެއްވެސް މީހަކަށް އަނިޔާވެރިވެ ނުވާނެ ކަމަށާއި ކަމަށާއި ރައްޔިތުންނަށް ގައްދާރު ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގެ ސޫރަޔަކީ ކޮބައިތޯ ބޭފުޅެއްގެ ސުވާލަކަށް ވެދާނެ ކަމަށެވެ.
"އަޅުގަނޑު އަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެ ކަންކަމަށް ފިޔަވަޅު އަޅާނެ. ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ. މާތް ﷲގެ ހެޔޮ ތައުފީގާއެކު އިރާދަކުރެއްވިއްޔާ ވީ ވައުދުތައް ފުއްދާނެ. ހީލަތްތެރިއެއް ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރު މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ފަސްގަނޑު ދިފާއުކުރައްވާނެ ކަމަށާއި ޣައްދާރެއް ނުވާނެ ކަމަށާއި ވާނީ ބިނާކުރާ ބަޔަކަށް ކަމަށެވެ. އަދި ދިވެހީންގެ ގެދޮރާއި ދިވެހިންގެ ސިކުނޑިތައް ބިނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ހުވަފެނެއް ނުދައްކާނެ. ނިކަން ރަހުމާ ކުލުނާއި އަގަލު ހުންނާނެ. އަނިޔާވެރިއެއް ނުވާނެ. ރައްޔިތުންގެ އަޑުއެހުމުގައި ރައްޔިތުންގެ ހާލުބަލައި ކަންކަން ހައްލުކޮށްދިނުމުގައި އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން އިހުލާސްތެރިކަމާއެކު ދެމި ތިބޭނަން. އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ އެކަކު އަނެކަކަށް ހިތުންވާށޭ. ގުޅުންތައް ދަމަހައްޓާށޭ. ލޯތްބާއި އިހުތިރާމާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ މާތް ސިފަ މުޅިރާއްޖޭގައި އާލާކުރާށޭ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު