ޗައިނާގެ އިމާރާތެއްގައި ރޯވެ 26 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ އުތުރުން އޮންނަ ޝަންޒީ ޕްރޮވިންސުގައި އިއްޔެ ހިނގި އެ ހާދިސާގައި 26 މީހުން މަރުވެފައިވާއިރު އިމާރާތުން 63 މީހަކު ނެރެ ހުސްކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އިމާރާތުން ނެރުނު މީހުންގެ ތެރެއިން 51 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނުކަމަށް އޮފިޝަލުން ބުނެއެވެ.
ހަތަރު ބުރިއަށް ހަދާފައިހުރި އެއިމާރާތުގައި އަލިފާން ރޯވި ސަބަބު އަދި ނޭނގުނު ނަމަވެސް އަލިފާންގަނޑު މުޅި އިމާރާތަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެތުރިގެން ދިޔަކަމަށް އޮފިޝަލުން ބުނެއެވެ.
އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމާއެކު ފުލުހުންގެ ހާއްސަ ޓީމަކުން ވަނީ އެ ހާދިސާ ތަހުގީގު ކުރުމަށް އެސަރަހައްދު ބަންދުކޮށް މަސައްކަތް ފަށާފައެވެ.
އޮފިޝަލުން ވަނީ ފުލުހުންގެ ތަހުގީގަށް ބައެއް މީހުން ހައްޔަރުކޮށް ސުވާލު ކުރަމުން ދާކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ