ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން ކުރިމިނަލް ކޯޓު ރިސެސްއަށް ނުދާން ނިންމައިފިއެވެ.
ކުރިމިނަލް ކޯޓުން އާންމު ގޮތެއްގައި ރިސެސްއަށް ދަނީ ކޮންމެ އަހަރެއްގެ މެދުތެރެއިންނާއި ޑިސެމްބަރުމަހުގައެވެ.
އެ ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ނުނިމި ގިނަ މަސައްކަތްތަކެއް ހުރުމުން މިއަހަރު ރިސެސްއަށް ނުދާން ކޯޓުގެ ގާޒީންގެ ޓީމުން ނިންމާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ވެސް ކުރިމިނަލް ކޯޓުން ރިސެސްއަށް ގޮސްފައެއް ނުވެއެވެ. އެފަހަރު ވެސް ރިސެސްއަށް ނުދިޔައީ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތް ނުނިމި ހުރުމުގެ ސަބަބުން ކަމަށެވެ.
ކުރިމިނަލް ކޯޓަށް ޖާގައިގެ ދަތިކަން ދިމާވުމުގެ އިތުރުން އެ ކޯޓު ހިންގާ އިމާރަތަކީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރަތެކެވެ. އެހެންވެ އެ ކޯޓުގެ ބައެއް މަސައްކަތް ހުޅުމާލެ ދެވަނަ ފޭސްއަށް ބަދަލުކުރަން ވެސް ނިންމިއެވެ. ނަމަވެސް ފޭސް ދޭއްގައި ކޯޓު އިމާރާތް ގާއިމުކުރުމަށް މަސައްކަތް ފެށިފައެއް ނުވެއެވެ.
ކުރިމިނަލް ކޯޓުން މިއަދު ބުނީ، ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ތާވަލުކުރާ މައްސަލަތަކުގެ އަދަދު 50 ޕަސަންޓަށް މަދުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އަޑުއެހުންތައް ލަސްވުމުގެ ޝަކުވާ އަދި ބަންދުގައި ތިބޭ މީހުންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ބުނީ ތާވަލުކުރާ މައްސަލަތައް މަދުވުމުގެ ސަބަބުން، މައްސަލަތައް ނުނިމި ގާޒީގެ ބެކްލޮގަށް މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުން އެންމެފަހުން ރިސެސްއަށް ދިޔައީ 2021 ވަނަ އަހަރުއެވެ. އެ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިފެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދިޔައެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 އިން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ގޮސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު