މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.
މުހައްމަދުފުޅު، ކޮމިޝަނަރުގެ މަގާމުން އިސްތިއުފާދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް މުހައްމަދުފުޅު އައްޔަންކުރެއްވީ 2020 ވަނަ އަހަރު އެއިރުގެ ކޮމިޝަނަރު އަބްދުﷲ މުނާޒު ވަކިކުރެއްވުމަށްފަހުއެވެ. މުހައްމަދުފުޅު، ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ އޭނާ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައި ހުންނަވަނިކޮށެވެ. އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވި 16 މެއި 2019 ގައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުހައްމަދުފުޅު ވަނީ އެކުގައި މަސައްކަތްކުރި މީހުންގެ އަގުވަޒަންކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު