މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިޔުއެމް)ގެ އަހަރީ ކްރިކެޓް ކާނިވަލް އިއުލާނުކޮށްފިއެވެ.
މީގެ ކުރިން ކާމިޔާބުކަމާއެކު ދެ ކްރިކެޓް ކާނިވަލެއް އެމްއެމްޑަބްލިޔުއެމްގެ ފަރާތުން ބާއްވާފައިވާ އިރު، އުރީދޫއާއެކު މިފަހަރު މުބާރާތުގެ ޕާޓްނަރުންނަކީ އާބަންކޯއާއި މޯލްޑިވްސް ކްރިކެޓް ބޯޑެވެ.
މީގެ ކުރިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިޔަ މައިގްރޭންޓް ވޯކަސް ކްރިކެޓް ކާނިވަލްތައްވެސް ފޯރިގަދަކަމާއެކު ޝައުގުވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، މިއަހަރުގެ މުބާރާތް ފަށަން ތައްޔާރުވެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.
ބިދޭސީ އެތައް ބައެއްގެ ބައިވެރިވުމާއެކު ކުރިއަށްދާ ކްރިކެޓް ކާނިވަލްގައި މިފަހަރުވެސް އިތުރު ކަންތައްތަކެއް ރާވާފައިވާ އިރު، އިންތިޒާމުކުރާ ފަރާތުން ވަނީ އެކިއެކި ޕާޓްނަރުންގެ ބައިވެރިވުމަށް ޝުކުރު އަދާކޮށްފައެވެ.
"އުރީދޫ މޯލްޑިވްސް އިން ދެއްވާ އެއްބާރުލުމަށް އަޅުގަނޑުމެން އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންގެ ހެލްތު އެންޑް ލީގަލް އެވޭރެންސް ކޭމްޕް ކޯލަބަރޭޓަރުންނާއެކު، އިތުރު ޕާޓްނަރުންގެ ގޮތުގައި އާބަންކޯއާއި މޯލްޑިވްސް ކްރިކެޓް ބޯޑަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އެމްއެމްޑަބްލިޔުއެމް އިން ބުނެފައިވެއެވެ.
މިއަހަރުގެ ކްރިކެޓް ކާނިވަލުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ވެބްސައިޓް މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް އީމެއިލްކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
ކުރީ އަހަރުގެ ކާނިވަލާ އެއްގޮތަށް، މިއަހަރުގެ އިވެންޓުގައިވެސް މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންތަކާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހެލްތު ކޭމްޕްގެ ޕާޓްނަރުންގެ ތެރޭގައި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (އެސްއެޗްއީ)، މެޑިކޯސް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، އަދި ލައިފް ސަޕޯޓް ހިމެނެއެވެ. އޭގެ އިތުރުން ލީގަލް އެންޑް އެވޭރެންސް ކޭމްޕުގެ ޕާޓްނަރުންގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)، ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ހިމެނެއެވެ.
އޭގެ އިތުރުން އޭސް ޓްރެވަލްސް މޯލްޑިވްސް، ހެޕީ މާކެޓް، މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި ވަން އޮންލައިން އަކީވެސް އިވެންޓް ޕާޓްނަރުންނެވެ.
މިއަހަރު އެމްއެމްޑަބްލިޔުއެމް އިން ވަނީ ކާނިވަލް ފުޅާކޮށް، 40 ޓީމަކަށް ޖާގަދީ، މުނިފޫހިފިލުވުމަށް އިތުރު ސްޓޯލްތައް ތައާރަފުކޮށްފައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް