އުރީދޫގެ ޑިޖިޓަލް ވޮލެޓު "އެމް-ފައިސާ" މެދުވެރިކޮށް އެކި ކެފޭތަކަށް ފައިސާ ދައްކާ އިރު، ވަކި ނިސްބަތެއް އަނބުރާ ލިބޭ ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި މާލޭގައި ހިދުމަތް ދޭ އެކި ކެފޭތަކުގެ ބިލުތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން އެ ބިލުގެ 10 ޕަސެންޓް އަނބުރާ އެ ކަސްޓަމަރެއްގެ ވޮލެޓަށް ވަގުތުން ޖަމާވާނެއެވެ.

  • ބްލެކް ޕާލް
  • މީޓް ސްޓްރީޓް
  • ގްލޯރިއާ ޖީންސް
  • ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ
  • ހޮޓް ޑިޝް
  • ވީއާރު ކެފޭ

އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ފިހާރަ ރެސްޓޮރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓް އެކެވެ.

މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ. އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝްއިން ކުރުމުގެ ފަސޭހަކަންވެސް ވަނީ އެމް-ފައިސާ އިން ފަހިކޮށްދީފައެވެ. ހަމަ އެއާ އެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސަރު ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.