ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 14 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ރަޝާދު އަނެއްކާވެސް ރަން މެޑަލް ހޯދައިފިއެވެ.
މިމަހުގެ ހަޔަކުން މިއަދުގެ ނިޔަލަށް ދެކުނު ކޮރެއާގެ ވޮންޖޫ ސިޓީގައި ކުރިއަށްދިޔަ މުބާރާތުގައި ދުނިޔޭގެ 60 ގައުމަކުން 600 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މި މުބާރާތުގައި ވާދަކުރީ ހަތަރު އެތުލީޓުންނެވެ.
އަޒްނީން މިފަހަރު ރަން މެޑަލް ހޯދީވެސް ސްޕޯޓްސް ފީޒީކްގެ 170 ސެންޓްމީޓަރު ކެޓަގަރީ އިންނެވެ. އޭނާ މިދިޔަ އަހަރުވެސް އެ ކެޓަގަރީން ރަން މެޑަލް ހޯދާފައިވާ އިރު، މެޑަލް ދިފާއުކުރުމަކީ ބައިނަލްއަގުމާވީ މައިދާނުގައި ހޯދި ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓުގެ މަގާމު ހޯދި އަޒްނީން ވަނީ އެކެޓަގަރީ އިން އޭޝިއަން ޗެމްޕިއަންޝިޕާއި ސައުތު އޭޝިއަން ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށް ރަން މެޑަލް ހޯދައިފައެވެ.
އަޒްނީންގެ އިތުރުން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި އެހެން އެތުލީޓުންގެ ނަތީޖާވެސް ރަނގަޅެވެ. އެގޮތުން ރާއްޖޭގެ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން ބޮޑީބިލްޑިން ކެޓަގަރީގެ 85 ކިިލޯގެ ބައިން ބްރޯންޒް މެޑަލް ހޯދިއެވެ. އަދި އެތުލެޓިކް ފިޒީކް ކެޓަގަރީގެ 167 ސެންޓިމީޓަރުގެ ބައިން އަބްދުﷲ އަހުސަން ވަނީ ބްރޯންޒް މެޑަލް ހޯދައިފައެވެ.
ކޮންމެ ވޯލްޑް ޗެމްޕިއަންޝިޕެއްގައިވެސް ހޮވާ މިސްޓަ ޔުނިވާސްގެ މަގާމް މިފަހަރު ހޯދީ އިންޑިއާގެ ސަރްވަނަން މަނީއެވެ. ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު އަންނަ އަހަރު އޮންނާނީ ރާއްޖޭގައެވެ.
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ
ބޮޑީބިލްޑިންގ