ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގެ އެންޑޯސްޑް އެންޖީއޯތަކަށް ޖުމުލަ 635,000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ ފައިސާ ހަދިޔާކުރީ ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފުލާގައި ދުވުމުގައި ވަނަތައް ހާސިލުކުރި 31 ފަރާތަކަށް އެވޯޑް ދީފައިވެއެވެ.

އޭގެ ތެރޭގައި ހާފް މެރެތަން، 10ކޭ، 5ކޭ އޯޕަން، 5ކޭ ސްކޫލް – 13 އަހަރުން މަތީގެ އަދި 5ކޭ - ސްކޫލް 13 އަހަރުން ދަށުގެ ކެޓެގަރީތަކުން ރާއްޖޭގެ 14 ދުވުންތެރިންނާއި ބައިނަލްއަގުވާމީ ފަސް ދުވުންތެރިންގެ އިތުރުން 12 ސްކޫލް ކުދިން ހިމެނެއެވެ.

ދިރާގުން ބުނީ، ރޭގެ ހަފުލާގައި ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓް ކުރި ފަސް އެންޖީއޯއަކަށް ޖުމުލަ ދެ ލައްކަ ރުފިޔާގެ އެހީތެރިކަން ދީފައިވާ ކަމަށެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެންޖީއޯއަށް ހަވާލުކުރި ކަމަށްވެސް ބުންޏެވެ.

ރޭގެ ހަފުލާގައި ވަނީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 ކާމިޔާބު އިވެންޓަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ވޮލަންޓިއަރުންނާއި ޕޭސާސްގެވެސް އަގުވަޒަން ކޮށްފައިވެއެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ރޭހުގެ ވަނަތައް ހާސިލުކުރި ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ދަންނަވައި އެ މީހުން ހޯދި ކާމިޔާބީގެ އަގުވަޒަންކޮށްފައެވެ. އަދި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ހަމައެކަނި ގައުމީ އަދި ބައިނަލްއަގުވާމީ ދުވުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެއްގެ އިތުރުން، މި ދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއެއްގެ ފިޔަވަޅަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ދުވުމުގައި 4000 އަށް ވުރި ގިނަ ބައިވެރިން ރެޖިސްޓްރީ ކުރި އިރު، 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ ހަތް ސްކޫލެއްވެސް ހިމެނެއެވެ.

ރޭގެ ހަފުލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 25 އޮކްޓޫބަރު 2024ގައި ބާއްވާނެކަން އިއުލާންކޮށްފައެވެ

މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިނާމު ލިބުނު ފަރާތްތަކަކީ

  • ކިރަން ސިންގް ބޮގާޓީ ރާޖްވަރް - ޗެމްޕިއަން (އޯވަރޯލް)
  • ޔޫސުފް އިބްރާހިމް - ޗެމްޕިއަން (ލޯކަލް) އަދި ރަނަރަޕް (އޯވަރޯލް)
  • ޗާލްސް ކިޕްކޯރިރް ކިޕްސަންގް - 2 ވަނަ ރަނަރަޕް (ޖުމުލަ)
  • ހުސައިން ފަޒީލް ހާރޫން - ރަނަރަޕް (ދިވެހި)
  • ޝިފާޒް މުހައްމަދު - 2 ވަނަ ރަނަރަޕް (ދިވެހި)
  • ޕެނީނާ ޖެޕްކޮއެޗް ކިގެން - ޗެމްޕިއަން (އޯވަރޯލް)
  • ފުލްމަތީ ރަނާ - ރަނަރަޕް (ޖުމުލަ)
  • މަރިޔަމް އަބްދުލްކަރީމް - ޗެމްޕިއަން (ލޯކަލް) އަދި 2 ވަނަ ރަނަރަޕް (އޯވަރޯލް)
  • އައިޝަތު ރިޝްމީ - ރަނަރަޕް (ލޯކަލް)
  • މަރިޔަމް މާޔަން މުހައްމަދު - 2 ވަނަ ރަނަރަޕް (ލޯކަލް)
  • ޑޭވިޑް ކިޕްކޮޗް ބިރިރް - ޗެމްޕިއަން (އޯވަރޯލް)
  • ހުސައިން ރިޒާ - ޗެމްޕިއަން (ލޯކަލް) އަދި ރަނަރަޕް (އޯވަރޯލް)
  • މުހައްމަދު ފަވާޒް – ރަނަރަޕް (ލޯކަލް) އަދި 2 ވަނަ ރަނަރަޕް (އޯވަރޯލް)
  • ރިޒާން ރަޝީދު - 2 ވަނަ ރަނަރަޕް (އޯވަރޯލް)
  • ޝަލްޝަލް މުބީން ޖަލީލް - ޗެމްޕިއަން (އޯވަރޯލް)
  • ރަސޯނާ އަހުމަދު ވަހީދު - ރަނަރަޕް (އޯވަރޯލް)
  • އަނާން އަހުމަދު ރަޝީދު - 2 ވަނަ ރަނަރަޕް (އޯވަރޯލް)
  • ޑޭވިޑް ކިޕްކޮޗް ބިރިރް - ޗެމްޕިއަން (އޯވަރޯލް)
  • ކިރަން ސިންގް ބޮގާޓީ ރާޖްވަރް - ރަނަރަޕް (އޯވަރޯލް)
  • ހުސައިން ފަޒީލް ހާރޫން – ޗެމްޕިއަން (ލޯކަލް) އަދި ރަނަރަޕް (އޯވަރޯލް)
  • ހުސައިން ރިޒާ - ރަނަރަޕް (ލޯކަލް)
  • ޔޫސުފް އިބްރާހިމް - 2 ވަނަ ރަނަރަޕް (ލޯކަލް)
  • ޕެނީނާ ޖެޕްކޮއެޗް ކިގެން - ޗެމްޕިއަން (އޯވަރޯލް)
  • ޕުލްމަތީ ރަނާ - ރަނަރަޕް (ޖުމްލަ)
  • މަރިޔަމް އަބްދުލްކަރީމް - ޗެމްޕިއަން (ލޯކަލް) އަދި 2 ވަނަ ރަނަރަޕް (އޯވަރޯލް)
  • ނިޒްމީނާ އަހުމަދު - ރަނަރަޕް (ދިވެހި)
  • އާމިނަތު ޖައިޝާ ޖުނީޒް - 2 ވަނަ ރަނަރަޕް (ދިވެހި)
  • އަބްސަލް އަބްދުالله އާދަމް - މަޖީދިއްޔާ ސްކޫލް - އޯވަރޯލް ޗެމްޕިއަން
  • ސުހައިލް އަބްދުލް ސަމަދު - އިރުޝާދިއްޔާ ސްކޫލް - ރަނަރަޕް
  • މުހައްމަދު އަޔާން ޝަފީއު - މަޖީދިއްޔާ ސްކޫލް - 2 ވަނަ ރަނަރަޕް
  • އާމިނަތު ލުމާ އަސްލަމް - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް - އޯވަރޯލް ޗެމްޕިއަން
  • އައިޝަތު ބިންތު އަހުމަދު - އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ނެޓް ޓައިމް)
  • ތާނަ އަލީ ޝާހީން - ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ގަން ޓައިމް)
  • އިސްމާއިލް މުލްހަމް އާޒިމް - އިމާދުއްދީން ސްކޫލް - އޯވަރޯލް ޗެމްޕިއަން
  • ޔުއާން އަޚްތަރު ޒާހިރު - ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް
  • ޔަހްމަދު ބިން އަފްރާހު - ރެހެންދި ސްކޫލް - 2 ވަނަ ރަނަރަޕް
  • މަރިޔަމް ޒައިން ޒިޔާއު - ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް - އޯވަރޯލް ޗެމްޕިއަން (ނެޓް ޓައިމް)
  • ކްލާރާ ސަރީނާ އާސިފް - ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ގަން ޓައިމް)
  • އައިޝަތު މަލީކާ ޒަމީރު – އިސްކަންދަރު ސްކޫލް - 2 ވަނަ ރަނަރަޕް