ފުވައްމުލަކުގައި އެކްސިޑެންޓްވި ޒުވާނާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން "ވަން" އަށް މިއަދު ބުނީ އިއްޔެ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްޓުގައި އަނިޔާ ލިބުނު ޒުވާނާއަށް އިއްޔެ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އޭނާއަށް އިތުރު ފަރުވާ ބޭނުންވާތީ މާލެގެނެސް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، އިއްޔެ ފުވައްމުލަކު ނައިބުތުއްތު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ލޮރީއެއްގައި ޖެހި އެކްސިޑެންޓް ވި ކަމުގެ މައުލޫމާތު އިއްޔެ 14:00 ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެއީ ލައިސަންސް އޮންނަ، 19 އަހަރުގެ ޒުވާނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުނެވެ.