ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް އެ މަޝްރޫއުތައް ނިންމުމަށް އިތުރު ހަ މަސް ދުވަސް ދޭން ފިނޭންސް މިނިސްޓްރީން ނިންމަވައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ލުއި ދިނުމަށް ނިންމާފައިވަނީ 2020 ވަނަ އަހަަރު ކޮވިޑުގެ ހާލަތު އިއުލާން ކުރި ފަހުން، މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސޮއިކޮށްފައިވާ މަޝްރޫއުތަކަށް ކަމަށެވެ.
އެ ލުއި ބޭނުންވާ ކުންފުނިތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދި މި މަހުގެ 16ގެ ކުރިން އެ މަޝްރޫއުތައް ހިންގާ އޮފީސްތަކަށް ހުށަހަޅަންޖެހެއެވެ.
އެ ސާކިއުލާގައިވާ ގޮތުގައި މުއްދަތު އިތުރުކުރަން އެދޭ ކޮންޓްރެކްޓަރުންނަށް ދައުލަތުގެ އިދާރާތަކުން މުއްދަތު އިތުރުކޮށްދޭންޖެހެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 9.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު